“ޕްރޮެސެސް އޮފް ރިކޮންސިލިއޭޝަން އިން އިސްލާމިކް ޕާސްޕެކްޓިވް”ގެ ނަމުގައި އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް ތަމްރީނު ސެޝަނެއް ކުރިއަށްގެންގޮސްފި

“ޕްރޮސެސް އޮފް ރިކޮންސިލިއޭޝަން އިން އިސްލާމިކް ޕާސްޕެކްޓިވް”ގެ ނަމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީސް (އޯ.ޓީ.ޖޭ)ގެ މުވައްޒަފުންނަށް ތަމްރީނު ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

މި ސެޝަން ނަންގަވައިދެއްވީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިގޮތުން މި ސެޝަންގައި ޑރ. ޒަކަރިއްޔާ ބަޔާންކުރެއްވި ގޮތުގައި އިސްލާމީ ނަޒަރިއްޔާތުގައި މަޞްލަޙަތު އިސްކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެކަކު އަނެކަކަށް ބޭނުންވާ ކަންކަން ޤަބޫލުކުރުމާއި ޞުލްޙަ ބިނާކުރުން ހިމެނެއެވެ. އަދި ޞުލްޙަ ޤާއިމް ކުރުމުގެ މަރްޙަލާ ދިގު ކަމުގައި ވިޔަސް، އޭގެ ސަބަބުން އިޖްތިމާޢީ ގޮތުން ގެންނަންޖެހޭ ބަދަލުތައްކެއް ގެނެވި އާ ވިސްނުންތަކަށް މަގުފަހިވެ ދެފަރާތުންވެސް ވަކި ކަންތަކަކަށް އެއްބަސްވެވި ، ޤަބޫލުކުރެވޭ ހަމަތަކެއްގެ މަތިން ދެފަރާތްވެސް ކަމުގައި ލާބަހުރި އެއްބަސްވުމަކަށް ގެނެވިދާނެއެވެ.

މީގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ސާބިތުކަމާއި، އެއްބާރުލުމާއި، އެކަކު އަނެކަކަށް ބޭނުންވާ ކަންކަން ބަލައިގަތުމުގެ މައްޗަށް ބިނާވެފައިވާ އެއްބައިވަންތަކަމުގެ ގުޅުމެއް އުފެދި ، ނަފްސާނީ އަދި އިޖްތިމާޢީ ގޮތުން ޢަދުލު އިންސާފާއި މަޞްލަޙަތައް އާ ދޮރެއް ހުޅުވާލެވިދާނެ ކަމަށާއި، ހަމަ އެހެންމެ، މަޝްވަރާއާއި، މީޑިއޭޝަންއާއި، އާބިޓްރޭޝަނާއި، ދަޢުވާކުރުމުގެ ޒަރީޢާތަކާއި، ސުލްޙައާއި ޙައްލުކުރުމުގައި ވަރަށް މުހިންމު ދައުރެއް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އަދާކުރެވިދާނެކަން ބައިވެރިންނަށް ވަރަށް ރަނގަޅަށް ކިޔައިދީފައިވެއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޯޓީޖޭގެ ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އަމާޒުކުރެވިގެންނެވެ.