އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާ  ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މި ބައްދަލުކުރެއްވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޗިލްޑްރަންސް އޮމްބަޑްސްޕަރސަނާ ހިއްސާކުރައްވައި، މުސްތަޤުބަލުގައި ދެ އޮފީސް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ދެއްވައިފައެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ވަނީ މި އޮފީހާއި ސްޓެލްކޯ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މި އޮފީހުގެ ފަރާތުން އޮމްބަޑްސްޕަރސަނުންނާއި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ބައިވެރިވެލެއްވިއެވެ.