އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓަރ އޮފް ހޯމް އެފެއާޒާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން ޢަބްދުﷲ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް އެންމެ ރަނގަޅު ގޮތުގައި އަދާކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އެ މިނިސްޓްރީގެ އިޚްތިޞާޞްގައި ހިމެނޭ އެހެނިހެން އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

މި މި ބައްދަލުކުރެއްވުމުގައި މި އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އަދި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ބައިވެރިވެލެއްވިއެވެ.