އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހި ރެޑް ކްރެސެންޓާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ދިވެހި ރެޑް ކްރެސެންޓާ ބައްދަލުކުރައްވައިފައެވެ.

މިއަދު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ފޯރުކޮށްދިނުމާއި، މި އޮފީހާއި އެ ޖަމިއްޔާއާއެކު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި މި ބައްދަލުކުރެއްވުމުގައި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލާ ފާޠިމަތު ހިމްޔާ އާއި ޕްރޮގްރާމްސް އެންޑް ސަރވިސަސްގެ މެނޭޖަރ، އަލްފާޟިލް މައީދު ޒާހިރު އަދި ޕްރޮގްރާމް ކޯޑިނޭޓަރ، އަލްފާޟިލް އިބްރާހިމް ޝަމީލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އަދި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ބައިވެރިވެލެއްވިއެވެ.