އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގަވެ.

މި ބައްދަލުކުރެއްވުމުގައި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ދިރާސާތަކުގައި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނާއި، މި އޮފީހުގެ ތަޙުޤީޤުތަކަށް ބޭނުންވާ ގިނަ ދުވަސްވީ ލިޔެކިޔުންތައް ހޯދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އޮމްބަޑްސްޕަރސަނުންނާއި، ރިސާރޗް އެނަލިސްޓް، ޑރ. ޢާއިޝަތު އިކްރާމެވެ.