އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ މީޑިއާ ކެމްޕެއިނާއި ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އެ ކައުންސިލްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅިގެން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން އެ ކައުންސިލްގެ ރައީސް، އަލްފާޟިލް ސަހުބާން ފަހުމީ އާއި، ކައުންސިލްގެ މެންބަރުން ކަމަށްވާ އަލްފާޟިލް އަޙުމަދު މޫސާ އާއި އަލްއުސްތާޛް އިބްރާހިމް ފައުޒީ އާއި އަލްފާޟިލް ހަސަން ޝާކިރު މުޙައްމަދާއި، އަލްފާޟިލް މުޙައްމަދު އިގްނާޒް އަލީ އާއި އަލްފާޟިލް މުޙައްމަދު ޝަފާއު ހަސަނާއި، އަލްފާޟިލް ޝަފާތު ހަބީބްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް، ޑރ. އިބްރާހިމް ސަމީރު އަދި ޑިރެކްޓަރ ޖެނެރަލް، ފާޠިމަތު މުނާ އާއި ލީގަލް އޮފިސަރ، އަލްއުސްތާޛާ ﷲާޠިމަތު ފަހުމީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އޮމްބަޑްސްޕަރސަނުންނާއި، ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބާއި ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، އަލްފާޟިލާ ޢާއިޝަތު ފަޠުޙީ އެވެ.