އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އެމް.އެން.ޔޫ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ދިރާސާތަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި އެމް.އެން.ޔޫގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ މި އޮފީހާއި އެމް.އެން.ޔޫ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އޮމްބަޑްސްޕަރސަނުންނާއި، ރިސާރޗް އެނަލިސްޓް، ޑރ. ޢާއިޝަތު އިކްރާމާއި ޓްރެއިނިންގ އެގްޒެކެޓިވް، އަލްފާޟިލާ އާމިނަތު ރިޝްމީ އެވެ.