އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާ ބައްދަލުކުރައްވައިފި އެވެ.

މިއަދު އޮންލައިންކޮށް ބޭއްވި މި ބައްދަލުކުރެއްވުމުގައި މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވިކްޓިމް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ އޮތޯރިޓީ އަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުންނާއި، މި އޮފީހާއި އެ އޮތޯރިޓީ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ސީ.އީ.އޯ، އަލްފާޟިލް އިބްރާހިމް ޠައްޔިބާއި، ޑިރެކްޓަރ – ޕްރޮގްރަމްސް، ރިސާރޗް އެންޑް އެޑްވޮކެސީ، އަލްފާޟިލާ ނަޝްއާ ޢާދިލާއި، ސީނިއަރ ސޯޝަލް ސަރވިސަސް އޮފިސަރ، އަލްފާޟިލާ ޢާއިޝާ އިބްރާހިމާއި، ލީގަލް އޮފިސަރ، އަލްއުސްތާޛާ ޚަދީޖާ އަރީޝާ އާއި ސޯޝަލް ސަރވިސަސް އޮފިސަރ، އަލްފާޟިލާ ނިޝާޔާ އަޙުމަދު އަދި ރިސާރޗް އެންޑް މޮނިޓަރިންގ އޮފިސަރ، އަލްފާޟިލާ ސަނާ ފާރޫޤު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބާއި، މީޑިއޭޓަރ، އަލްފާޟިލާ ފާޠިމަތު ފަޒުނާ އާއި ވިކްޓިމް ސަޕޯޓް އެގްޒެކެޓިވް، އަލްއުސްތާޛާ ޢާއިޝަތު އަފާ ބައިވެރިވެލެއްވިއެވެ.