އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަންޑާރަ ނައިބާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަންޑާރަ ނައިބު، އޮނަރަބަލް އަލްއުސްތާޛް އިބްރާހިމް ރިފްޢަތާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ބަންޑާރަ ނައިބުގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރާއި، މި އޮފީހުގެ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މި އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސް އަދި އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާގެ އިތުރުން ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބު ބައިވެރިވެލެއްވިއެވެ.