އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މި އޮފީހުގެ ތަޙުޤީޤުތަކާއި ޞުލްޙަކުރުމުގެ މަރުޙަލާގައި އެ އިދާރާގެ ފަރާތުން ބޭނުންވާނެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު 13 ޖޫން 2021 ވަނަ ދުވަހު ހުޅުވަލުމާ ގުޅިގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ފޯމުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި އޮފީހުން ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.