އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފަންނާއި، ސަގާފަތާއި ތަރިކައިގެ ވަޒީރާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފަންނާއި، ސަގާފަތާއި ތަރިކައިގެ ވަޒީފާ، އަލްފާޟިލާ ޔުމްނާ މައުމޫނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަޒީރަށް އަރުވައިފައެވެ. އަދި އެ މިނިސްޓްރީ އާއި މި އޮފީހާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ފަންނާއި، ސަގާފަތާއި ތަރިކައިގެ ވަޒީފާ، އަލްފާޟިލާ ޔުމްނާ މައުމޫން ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ބޭނުންވާ އެންމެހައި އެއްބާރުލެއްވުމާއި އެހީތެރިކަން އެ ވުޒާރާގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.