
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޓެންޓް އެވެއަރނެސް ހަރަކާތެއް ކުރިއަށްގެންގޮސްފި
އިންތިޤާލި އިންސާފާއި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ވަނި ޓެންޓް އެވެއަރނެސް ޙަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މި ޙަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހަވީރު 4:00 ން 6:00 އަށް މާލޭ ރަސްފަންނު ސަރަޙައްދުގައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ އޮފީހާ ގުޅޭ މަޢުލޫމާތު ވީހާވެސް ގިނަ ޢާންމުންނަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުވުމެވެ. އަދި މި ޙަރަކާތުގެ ދަށުން އަންނަ ހަފުތާގެ ހުކުރު ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމައިފައެވެ.
ޤާނޫނު ނަންބަރ: 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ 13 ސެޕްޓެންބަރ 2021ގެ ނިޔަލަށް ހުޅުވާލައިފައެވެ.