އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ވިލާ ކޮލެޖާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ވިލާ ކޮލެޖާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ވިލާ ކޮލެޖުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙުމަދު އަންވަރެވެ. އަދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފެވެ.

މިއަދު ސޮއިކުރެވުނު މި އެމް.އޯ.ޔޫގެ ސަބަބުން މުސްތަޤުބަލުގައި މި އޮފީހާއި ވިލާ ކޮލެޖާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާނެއެވެ.