އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛް ހުސައިން ޝަމީމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ތަޙުޤީޤުތަކަށް ބޭނުންވާ އެހީތެރިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކަށް ދެވެން އޮތް އެންމެހައި އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛް ހުސައިން ޝަމީމް ވަނީ ދެއްވައިފައެވެ.