އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މާލޭ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ތަޙުޤީޤުތަކަށް ބޭނުންވާ އެހީތެރިކަން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ، ޑރ. މުޙައްމަދު މުޢިއްޒާއި، ޑެޕިއުޓީ މޭޔަރ، އަޙުމަދު ނަރީޝް އަދި ސެކްރެޓަރީ ޖެނެރަލް، އަޙުމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް އަދި އިންވެސްޓިގޭޓަރ، އަލްއުސްތާޛާ ހައްވާ ޝާހިރާވެސް ބައިވެރިވެލެއްވިއެވެ.