އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓަރ އޮފް ހެލްތާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް އަޙްމަދު ނަސީމް އަދި މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ މެނޭޖްމަންޓާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި މި ބައްދަލުވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މިނިސްޓަރަށާއި، މިނިސްޓްރީގެ އިސްވެރިންނަށް ދެއްވައިފައެވެ. މީގެ އިތުރުން، މި އޮފީހާއި މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ބަދަލުކުރެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހެލްތު ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ބޭނުންވާ އެންމެހައި އެއްބާރުލެއްވުމާއި އެހީތެރިކަން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފްގެ އަރިހުގައި އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސް އަދި އިންވެސްޓިގޭޓަރ، އަލްއުސްތާޛް މުސްތަފާ ހަމީދު ބައިވެރިވެލެއްވިއެވެ.