އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި މިއަދު ހެނދުނު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތުގައި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މި އޮފީހުގެ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފެވެ.

މިއަދު ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާގެ ސަބަބުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ގުޅިގެން  ދިރާސާ އާއި ތަމްރީނުފަދަ އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ޔާމީނާއި، ރިސާރޗް އެނަލިސްޓް، ޑރ. ޢާއިޝަތު އިކްރާމާއި، ޓްރެއިނިންގ އެގްޒެކެޓިވް، އާމިނަތު ރިޝްމީ އަދި ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، ޢާއިޝަތު ފަތުޙީ ބައިވެރިވެލެއްވިއެވެ.