އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ނޭޝަނަލް ޑްރަފް އޭޖެންސީ އާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ނޭޝަނަލް ޑްރަގް އޭޖެންސީ އާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް، ނޭޝަނަލް ޑްރަގް އޭޖެންސީގެ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މި އޮފީހުގެ ތަޙުޤީޤުތަކާއި ޞުލްޙަކުރުމުގެ މަރުޙަލާގައި އެ އިދާރާގެ ފަރާތުން ބޭނުންވާނެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު 13 ޖޫން 2021 ވަނަ ދުވަހު ހުޅުވަލުމާ ގުޅިގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ފޯމުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި އޮފީހުން ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.