އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރންޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރންޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރި އިޢުލާނެއްގައި ވިދާޅުވެފައިވަނީ ހަ މަސް ދުވަހުގެ މުއްދަތުގެ 04 އިންޓާރންޝިޕް ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިންޓާރންޝިޕަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، މީލާދީ ގޮތުން 18 އަހަރު ފުރި 55 އަހަރު ފުރިފައިވާ މީހަކަށް ނުވުމާއި، މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ ޙާސިލްކޮށްފައިވުން އަދި ކުށުގެ ރެކޯޑް އޮތް މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

މީގެއިތުރުން، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300ރ. ރޭޓުން އުޖޫރަ ދެވޭނެ ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވަލާފައިވަނީ 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު https://www.gazette.gov.mv/iulaan/176892 އިން ލިބޭނެއެވެ.