އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ސްރީލަންކާގެ އެކްޓިންގ ހައި ކޮމިޝަނަރާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ރާއްޖޭގައި ހުންނަވާ ސްރީލަންކާގެ އެކްޓިންގ ހައި ކޮމިޝަނަރ، މިސްޓަރ ޑީ. އާމަނުއްލާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ސްރީލަންކާގެ ހައި ކޮމިޝަންގައި ބޭއްވި މި ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އެކްޓިންގ ހައި ކޮމިޝަނަރަށް ދެއްވައިފައެވެ. މީގެ އިތުރުން، މި އޮފީހާއި ސްރީލަންކާގެ ހައި ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ބަދަލުކުރެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފްގެ އަރިހުގައި ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޔާމީނާއި ޓްރެއިނިންގ އެގްޒެކެޓިވް، އަލްފާޟިލާ އާމިނަތު ރިޝްމީ ބައިވެރިވެލެއްވިއެވެ.