އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީ.އެސް.އެމް)ގެ ފަރާތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންގެ ހަކުރު އަދި ބްލަޑް ޕްރެޝަރ ހުރި މިންވަރާއި، ބަރުދަން އަދި ބޮޑީ މާސް އިންޑެކްސް ވަނީ ބަލައިފައެވެ. އަދި ސްކްރީނިންގައި ބައިވެރިވެލެއްވި މުވައްޒަފުންނަށް ޞިއްޙަތު އިތުރަށް ދުޅަހެޔޮކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޑީ.އެސް.އެމްގެ ޑޮކްޓަރު ވަނީ ވަކިވަކިން ލަފާދެއްވައިފައެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްދެއްވި ކަމަށްޓަކައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޝުކުރު ދަންނަވައިފައެވެ.