އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން “އަ ޑޭ އެޓް އޯ.ޓީ.ޖޭ”ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން “އަ ޑޭ އެޓް އޯ.ޓީ.ޖޭ”ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފެދުނުތާ އެއް އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތަކެވެ.

އެގޮތުން މި ޕްރޮގްރާމްގެ މަޤްޞަދަކީ މަތީ ސާނަވީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އިންތިޤާލީ އިންސާފާ ގުޅޭ މަޢުލޫމާތު ދީ ހޭލުންތެރިކުރުވައި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދިނުމެވެ. މި ޕްރޮގްރާމްގެ ދަށުން މިއަދު ކުރިއަށްގެންދިޔަ ފުރަތަމަ ސެޝަންގައި ބައިވެރިވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.

ޤާނޫނު ނަންބަރ 2020/28 (އިންތިޤާލީ އިންސާފު)ގެ ޤާނޫނުގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އުފައްދަވާފައިވަނީ 17 ޑިސެންބަރ 2020 ވަނަ ދުވަހުއެވެ.