
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާ ބައްދަލުކުރައްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ބޭއްވި މި ބައްދަލުވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް ދެއްވައިފައެވެ. މީގެ އިތުރުން، މި އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ބަދަލުކުރެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފްގެ އަރިހުގައި އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، މީޑިއޭޓަރ، އަލްފާޟިލާ ފާޠިމަތު ފަޒުނާ އާއި އަލްއުސްތާޛް އަޙްމަދު މިޒްމާދު ބައިވެރިވެލެއްވިއެވެ.