އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި. ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް އޮތީ މިއަދު ކަސްޓަމްސް ބިލްޑިންގައެވެ.

 

މި ޕްރޮގްރާމްގެ ތެރެއިން ސުކުންކުރުމާއި، ޖުމުލަ އެކުލަވައިލުމާއި، ޒުވާބު އެކުލަވައިލުމުގެ އިތުރުން ބަހުގެ ދަރަޖަތައް ބޭނުންކުރާނެ ގޮތުގެ ފިލާވަޅުތައް ވަނީ ނަގައިދީފައެވެ. އެއް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން 2012 ވަނަ އަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މަޝްހޫރު ޝާޢިރު، އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ.