
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނަށް ތަޙުޤީޤުކުރުމުގެ ހުނަރުތަކާބެހޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަޙުޤީޤުކުރުމުގެ ހުނަރުތަކާބެހޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ކަސްޓަމްސް ބިލްޑިންގައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ތަޙުޤީޤުކުރުމުގެ ހުނަރުތަކާއި، ތަޙުޤީޤު ރިޕޯޓު އެކުލަވާލާނެ ގޮތާއި، ތަޙުޤީޤު ބަޔާންތައް ނެގުމާއި، ތަޙުޤީޤަށް މީހުން ހާޟިރުކުރުމާއި ހާޟިރުކުރާ ފަރާތްތަކާ މުޢާމަލާތްކުރާނެ ގޮތްތަކާ ގުޅޭ ބައިތައް ވަނީ ނަގައިދީފައެވެ. އެއް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢާއިޝަތު އަމްސޫދާއެވެ.
July 5, 2022