
ކުރީގެ ރައީސް، އަލްމަރުޙޫމް މުޙައްމަދު އަމީންދީދީގެ މައްސަލައާއި ގުޅިގެން ފޯކަސް ގުރޫޕް ޑިސްކަޝަނެއް ކުރިއަށްގެންދަނީ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ނިމިގެން ދިޔަ ގޮތުގެ ސައްޙަ މަޢުލާމާތް ޢާންމުންނަށް ގެނެސްދިނުމާއި އެމަނިކުފާނުގެ ޚިދުމަތްތަކުގެ މަޢުލޫމާތު އަންނަން އޮތް ޖީލުތަކާ ހަމަޔަށް ގެނެސްދިނުމަށް މި އޮފީހުން ކުރެވޭ މަސައްކަތުގެ ތެރެއިން 29 އޮގަސްޓް 2022 ގައި ” ފޯކަސް ގުރޫޕް ޑިސްކަޝަނެއް” ކުރިއަށް ގެންދެވޭނެއެވެ. މި ފޯކަސް ގުރޫޕް ޑިސްކަޝަނުގައި ދެކެވޭ ވާހަކަތަކާއި ޙިއްސާކުރެވިގެންދާނެ މައުލޫމާތްތައް އަމާޒްކުރެވޭނީ 1 ޖެނުއަރީ 1953 ން ފެށިގެން އަލްމަރުޙޫމް މުޙައްމަދު އަމީން ދީދީ ނިޔައުވި ތާރީޚުކަމަށްވާ 19 ޖެނުއަރީ 1954 ވަނަ ދުވަހާ ހަމަޔަށް ހިނގާފައިވާ ކަންކަމުގެ މައްޗަށެވެ. އަދި، ފޯކަސް ގުރޫޕް ޑިސްކަޝަން ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފުރުޞަތު ދެވޭނީ ކަންހިނގާދިޔަގޮތް ފެނިފައިވާ ފަރާތްތަކާއި އެކި ގޮތްގޮތުން މި މައްސަލަ ދިރާސާކުރަމުންދާއިރު ފެންނަން ހުރި ހެކިތަކާއި ލިޔުންތަކަށް ބަލައި ގުޅުންހުރި ފަރާތްތަކަށެވެ.
ތާރީޚް: 18 އޮގަސްޓް 2022
ލިންކް: /https://www.facebook.com/events/5444493412284911