އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސާރޗް އެންޑް އިނޮވޭޝަނާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސާރވް އެންޑް އިނޮވޭޝަނާ  ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މި ބައްދަލުކުރެއްވުމުގައި މި އޮފީހާއި އިންސްޓިޓިއުޓް ފޮރ ރިސާރވް އެންޑް އިނޮވޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މިގޮތުން މި އޮފީހުން ކުރިއަށްގެންދާ ދިރާސާތަކާއި ތަމްރީނު ޕްރޮގްރާމްތައްވެސް އެ އިންސްޓްޓިޓިއުޓާ ގުޅިގެން ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި އިންސްޓިޓިއުޓް ފޮރ ރިސާރވް އެންޑް އިނޮވޭޝަންގެ ފަރާތުން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ރިސާރޗް އަދި ފެކަލްޓީ އޮފް މެނޭޖްމަންޓްގެ ޑީން، ޑރ. އަޙުމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި އޮފީހުގެ ފަރާތުން މި އޮފީހުގެ އޮމްބަޑްސްޕަރސަނުންނާއި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ވަނީ ބައިވެރިވެވަޑައިގެންފައެވެ.