އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ  ބައްދަލުކުރައްވައިފި އެވެ.

މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ސްޓެލްކޯގެ އިސްވެރިންނަށް ދެއްވައިފައެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ވަނީ މި އޮފީހާއި ސްޓެލްކޯ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މި އޮފީހުގެ ފަރާތުން އޮމްބަޑްސްޕަރސަނުންނާއި ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙުމަދު ޔާމީނާއި، ހެޑް އޮފް ކޯޕަރޭޓް އެފެއާޒް، އަލްފާޟިލް ޔާމީން އިދްރީސް އަދި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ބައިވެރިވެލެއްވިއެވެ.