އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަނާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ) އާ ބައްދަލުކުރައްވައިފި އެވެ.

މިއަދު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށް ބޭއްވި މި ބައްދަލުކުރެއްވުމުގައި، އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޝީގެ އިސްވެރިންނާ ހިއްސާކުރައްވައި، މި އޮފީހާއި ޝީއާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން، މިއަދުގެ ބައްދަލުކުރެއްވުމުގައި ޝީގެ ފަރާތުން ވަނީ އެ ޖަމިއްޔާއިން ފޯރުކޮށްދެއްވާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް އޮމްބަޑްސްޕަރސަނުންނާ ހިއްސާކުރައްވައިފައެވެ.