އޮމްބަޑްސްޕަރސަނުން، މިނިސްޓަރ އޮފް ހެލްތާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް އަޙްމަދު ނަސީމާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގައެވެ.

މި ބައްދަލުކުރެއްވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ ކުރިއަށް އޮތް ޕަބްލިކް ހިއަރިންގތަކުގައާއި، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ ސައިކޮސޯޝަލް ސަޕޯޓް މިނިސްޓްރީގެ ފަރާތުން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އޮމްބަޑްސްޕަރސަނުން އަލްފާޟިލާ މަރިޔަމް ލައިޒާ އާއި އަލްއުސްތާޛާ ޖިހާދާ އަނީސްގެ އަރިހުގައި މި އޮފީހުގެ މީޑިއޭޓަރ، އަލްއުސްތާޛާ ނަޖުމާ އަޙްމަދު އަދި ވިކްޓިމް ސަޕޯޓް އެގްޒެކެޓިވް، އަލްއުސްތާޛާ ޢާއިޝަތު އަފާ ބައިވެރިވެލެއްވިއެވެ.