އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް ކައުންސެލިންގ އެންޑް ސައިކޯސޯޝަލް ސާވިސަސްއާ ބެހޭ ސެޝަނެއް ބާއްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ މުވައްޒަފުންނަށް ކައުންސެލިންގ އާއި ސައިކޯސޯޝަލް ސާވިސަސްއާ ބެހޭ ސެޝަނެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ސެޝަނަކީ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް މިއަހަރުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ’16 ޑޭސް އޮފް އެކްޓިވިޒަމް’ ކެމްޕޭންގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގެ މަޤްޞަދަކީ ނަފްސާނީ އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި، އެމީހެއްގެ ޙައްޤުތަކުގެ ދިފާޢުގައި ތެދުވުމަށް ހިތްވަރުދީ، ކަންކަމުގައި ދެ ޖިންސުގެ މީހުންނަށްވެސް އެއް މިންވަރަކަށް ފުރުޞަތު ދިނުމުގެ ވިސްނުން ކުރިއެރުވުމެވެ.

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފަރާތުން ފަހިކޮށްދިން މި ސެޝަންގައި ޖުމްލަ 16 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.