
އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް ތަރިކަމުދަލާ ބެހޭ ޤާނޫނުތަކަށް އަހުލުވެރިކުރުމާ ގުޅޭ ސެޝަނެއް ބާއްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ މުވައްޒަފުންނަށް ތަރިކަމުދަލާ ބެހޭ ޤާނޫނުތަކަށް އަހުލުވެރިކުރުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރ، ޝެއިޚް ފައްޔާޒު ޢަލީ މަނިކެވެ. މި ސެޝަންގެ މަޤްޞަދަކި ތަރިކަމުދަލާ ބެހޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކޮށް ހޭލުންތެރިކުރުމެވެ.
މި ތަމްރީން އަމާޒުކޮށްފައިވަނީ އޯ.ޓީ.ޖޭގެ ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށެވެ.
June 12, 2023