
އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ތަމްރީނެއް ކުރިއަށްގޮސްފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ މުވައްޒަފުންނަށް ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ތަމްރީނެއް ކުރިއަށްގޮސްފިއެވެ.
މި ތަމްރީނު ސެޝަން އަމާޒުކޮށްފައިވަނީ މުވައްޒަފުންގެ ލީޑަރޝިޕް ހުނަރުތައް ކުރިއަރުވައި، ދަސްކޮށްދީ ރަނގަޅު ކުރުވުމަށެވެ. މި ސެޝަންގައި ވަނީ ބައިވެރިންގެ ކިބައިގައި ރަނގަޅަށް މުއާމަލާތް ކުރުމުގެ ޤާބިލްކަން ހުރުމާއި، ޓީމް މޯޓިވޭޓް ކުރުމާއި، މުވައްޒަފުން ދަނެގަނެ، ޝައުޤުވެރިކަމާއި ހުނަރަށް ބަލައި މަސައްކަތާއި ޒިންމާތައް ބަހާލައި، ފީޑްބެކް އަޑުއެހުމާއި، ބަދަލުވަމުން އަންނަ މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ޤާބިލިއްޔަތުކަން ބައިވެރިންނަށް ދަސްކޮށްދީފައެވެ.
މި ތަމްރީން ސެޝަން ނަންގަވާދެއްވީ ޕިނަކަލް ކޮންސަލްޓަންސީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، ތޯހާ ސަލީމެވެ.
May 18, 2022