
އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް ސަޕޯޓިވް ކޮމިއުނިކޭޝަން ހުނަރުތަކާބެހޭ ތަމްރީނު ޕުރޮގުރާމެއް ބާއްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ މުވައްޒަފުންނަށް ސަޕޯޓިވް ކޮމިއުނިކޭޝަން ހުނަރުތަކާބެހޭ ތަމްރީނު ޕުރޮގުރާމެއް ބާއްވައިފިއެވެ.
މި ސެޝަންގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި މާނަހުރި، އުފެއްދުންތެރި މުޢާމަލާތް ކުރުމާއި، ރީތިގޮތުގައި މަސައްކަތުގެ މާހައުލުގައި ފައިދާހުރި ވާހަކަތަކެއް ދެއްކުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި، ބަދަލުތައް ތަންފީޒުކުރުމަށާއި އަމާޒުކުރާ ނަތީޖާ ހޯދުމަށް ސަޕޯޓިވް ކޮމިއުނިކޭޝަންގެ މުހިންމުކަން ބަޔާންކޮށްދީފައިވެއެވެ.
މި ސެޝަނަކީ ދިވެހި ރެޑް ކްރެސެންޓުން ފެސިލިޓޭޓްކޮށް، އޯ.ޓީ.ޖޭގެ ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓަށް އަމާޒުކޮށްގެން ބާއްވާފައިވާ ސެޝަންއެކެވެ.
September 27, 2021