އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ ޓީމެއް ހުޅުމާލޭ ޖަލަށް އިއްޔެ ޒިޔާރަތްކޮށްފިއެވެ. މިއީ 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ގުޅޭގޮތުން އޯ.ޓީ.ޖޭ އިން ކުރިއަށްގެންދާ ތަޙުޤީޤާއި ދިރާސާގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.
މިގޮތުން އިއްޔެގެ ޒިޔާރަތުގައި އޯ.ޓީ.ޖޭގެ ޓީމުން ވަނީ މާލޭ ޖަލުގެ ޙާލަތު ހުރި ގޮތް ބައްލަވާލައްވައި، ގައިދީންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. މި ޒިޔާރަތުގެ ތެރެއިން އެއްކުރެވުނު މި މަޢުލޫމާތުތައް މި އޮފީހުގެ ތަޙުޤީޤާއި ދިރާސާގައި ބޭނުންކުރެވޭނެއެވެ.
01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ގުޅޭގޮތުން އޯ.ޓީ.ޖޭ އިން ވަނީ 26 ފެބުރުވަރީ 2023 އިން 4 މާރިޗު 2023ގެ ނިޔަލަށް ކ. މާފުށީގައި ހުޅުވާނުލައި އަޑުއެހުންތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. އަދި މި މައްސަލަތަކާ ގުޅޭ އިތުރު އަޑުއެހުންތައް މާލޭ ސިޓީގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.