އޯ.ޓީ.ޖޭ އިން ލޭ ހަދިޔާކުރުމުގެ ޕުރޮގުރާމެއް ބާއްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ލޭ ހަދިޔާކުރުމުގެ ޕުރޮގުރާމެއް އިއްޔެ ބާއްވައިފިއެވެ.

މިއީ އޯ.ޓީ.ޖޭގެ އިވެންޓް ކޮމިޓީއާއި މޯލްޑިވިއަން ބްލަޑްސް ސަރވިސަސް (އެމް.ބީ.އެސް) އާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން އޯ.ޓީ.ޖޭގެ ހަތް މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފައެވެ.

މި ޕުރޮގުރާމު ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ނާޒުކު ޞިއްޙީ މައްސަލަތަކަށާއި ތެލެސީމިއާ ބައްޔަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އޮފީހުގެ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ހަރަކާތް ކުރިއަށްގެންދިއުމުގައި މޯލްޑިވިއަން ބްލަޑްސް ސަރވިސަސްގެ ފަރާތުން ފޯރުކޮށްދެއްވި އެހީތެރިކަމަށް އޯ.ޓީ.ޖޭ އިން ޝުކުރު އަދާކުރެއެވެ.