އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ އޮފީހުގެ ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރ، އޮމްބަޑްސްޕަރސަނުންގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ އޮފީހުގެ ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރ، މިސްޓަރ ފާޑިނެންޑް ވޮން ހެބްސްބާރގް-ލޮތުރިންޖެން އާއި އެ އޮފީހުގެ އައު ޕީސް އެންޑް ޑިވެލޮޕްމަންޓް އޮފިސަރ، ރިމާހާ އަޙްމަދު ޝަރީފު އޮމްބަޑްސްޕަރސަނުންގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިސްޓަރ ފާޑިނެންޑާއި އޮމްބަޑްސްޕަރސަނުން ވަނީ ކަމާ ގުޅުންހުރި އިދާރާތަކުން އޯ.ޓީ.ޖޭ އަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފްގެ އަރިހުގައި އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އަދި ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، އަލްފާޟިލާ ޢާއިޝަތު ފަތުޙީ ބައިވެރިވެލެއްވިއެވެ.