ވިލާ ކޮލެޖުގެ އެކަޑެމިކް ބައިޓް ސެޝަންގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބައިވެރިވެއްޖެ

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސާރޗް އެންޑް އިނޮވޭޝަންގެ ފަރާތުން ބާއްވަމުން އަންނަ އެކަޑެމިކް ބައިޓްގެ މި ހަފުތާގެ ސެޝަންގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބައިވެރިވެއްޖެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން މިއަދުގެ ސެޝަން ނަންގަވައިދެއްވީ މި އޮފީހުގެ ޓްރެއިނިންގ އެގްޒެކެޓިވް، އަލްފާޟިލާ އާމިނަތު ރިޝްމީ އެވެ. މިއަދުގެ ސެޝަންގައި މަޢުލޫމާތު ދީފައި ވަނީ އިންތިޤާލީ އިންސާފާ ގުޅޭގޮތުންނެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު، ސެޝަންގެ ބައިވެރިންނަށް އިންތިޤާލީ އިންސާފާ ގުޅޭގޮތުން ސުވާލުކުރެއްވުމުގެ ފުރުޞަތުވެސް ހުޅުވާލެވުނެވެ.

މީގެ އިތުރުން، މިއަދުގެ ސެޝަންގައި މި އޮފީހާއި އިންސްޓިޓިއުޓް ފޮރ ރިސާރޗް އެންޑް އިނޮވޭޝަންގެ ބައިވެރިން ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިރާސާކުރުމަށް އެންމެ ރަނގަޅު މަޢުޟޫތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރައްވައިފައެވެ.

މި ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސާރޗް އެންޑް އިނޮވޭޝަނަށް ޝުކުރު ދަންނަވައެވެ.