
މޯލްޑިވްސް ބާ ކައުންސިލުން ކުރިއަށްގެންދިޔަ ފޯކަސް ގްރޫޕް ޑިސަކަޝަންގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބައިވެރިވެއްޖެ
މޯލްޑިވްސް ބާ ކައުންސިލުން ކުރިއަށްގެންދިޔަ ފޯކަސް ގްރޫޕް ޑިސަކަޝަންގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބައިވެރިވެއްޖެ
މިއީ ޤާނޫނު ނަންބަރ: 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ބެޗްލަރސް ޑިގްރީ ފިޔަވައި އެހެނިހެން ހުރިހާ ފެންވަރުގެ ވަކީލުކަމުގެ ކޯސްތަކުގެ އަސާސީ މިންގަނޑުތައް އެކުލަވާލުމަށްޓަކައި މޯލްޑިވްސް ބާ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބޭއްވި ފޯކަސް ގްރޫޕް ޑިސްކަޝަނެކެވެ. މިގޮތުން މި މަޝްވަރާ ބައްދަލުވުމުގައި، ޤާނޫނީ ވަކީލުންގެ ކިބައިގައި މަޢުލޫމާތު ހުންނަންޖެހޭ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބެވެ.