ތަޙުޤީޤުކުރުމުގެ ހުނަރުތަކާ ގުޅޭ ތަމްރީނުގެ ދެވަނަ ސެޝަން ބާއްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ އިންވެސްޓިގޭޓަރުންނަށް އަމާޒުކޮށްގެން ތަޙުޤީޤުކުރުމުގެ ހުނަރުތަކާ ގުޅޭ ތަމްރީނު ޕުރޮގުރާމުގެ ދެވަނަ ބާއްވައިފިއެވެ. މި ސެޝަން ނަންގަވައިދެއްވާފައިވަނި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފިސް (އޯ.އެޗް.ސީ.އެޗް.އާރް)ގެ ހިއުމަން ރައިޓްސް އޮފިސަރ، ހާޖަރު ބުއަހިޔާއެވެ.

މި ތަމްރީނުގެ ތެރެއިން ބައިވެރިންނަށް ވަނީ ހެކި ހޯދުމާއި ގުޅޭ އެންމެހާ ލިޔެކިޔުން ހޯދާ ބެލެހެއްޓުމުގެ މުހިންމުކަމާއި، ތަޙުޤީޤު ކުރިއަށްގެންދިއުމުގެ ކުރިން ކަމާ ގުޅޭ ހުރިހާ ލިޔެކިޔުން އެއްކުރުމަށް ކުރާނެ ކަންކަން ބުނެދެވިފައެވެ. މީގެ އިތުރުން، އެއްކުރެވޭ މަޢުލޫމާތު ތައް ތަޙުލީލުކޮށް، އޭގެ އަސްލު ސަބަބު ހޯދައި، ތަޙުޤީޤު ކުރިއަށްގެންދިއުމައްޓަކައި ފުރިހަމަ ތަޙުލީލެއް ކުރުމުގެ ބޭނުންތެރިކަންވެސް ބައިވެރިންނަށް ކިޔައިދީފައިވެއެވެ.

މިއީ އިންވެސްޓިގޭޓަރުންގެ ހުނަރު މުއްސަނދިކުރުމަށް ސިލްސިލާކޮށް ގެންދެވުނު ދެވަނަ ތަމްރީނެވެ.