“ޑައިވަރޝަން އޮފް ޖުވެނައިލްސް – ރިސްޓޯރޭޓިވް ޖަސްޓިސްގެ ކޮމްޕޮނެންޓެއް”ގެ ނަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް ނަންގަވައިދެއްވައިފި

“ޑައިވަރޝަން އޮފް ޖުވެނައިލްސް – ރިސްޓޯރޭޓިވް ޖަސްޓިސްގެ ކޮމްޕޮނެންޓެއް”ގެ ނަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީސް (އޯ.ޓީ.ޖޭ)ގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް ނަންގަވައިދެއްވައިފިއެވެ.

މި ސެޝަންގައި ރެސްޓޮރޭޓިވް ޖަސްޓިސްއަކީ ކޮބައިކަމާއި، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި ހެކި އެކުލެވޭ ކޮންޓެންޓް ދެނެގަތުމަކީ އިންތިޤާލީ އިންސާފަށް މަސައްކަތްކުރާ ފަރާތްތަކަށް މުހިންމު ކަމެއްކަން ބައިވެރިންނަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން، ހެކިތަކުގެ މައްޗަށް ބިނާކޮށް ހިންގާ އިންޓަރވެންޝަންތަކުގެ ސަބަބުން، ޒުވާނުން ކުށުގެ ވެއްޓާ ދުރުކުރެވި، ޤާނޫނީ އިމުގެ ތެރެއަށް ރުޖޫޢަކުރެވިދާނެ ތަފާތު ޕުރޮގުރާމުތައް ރާވާ ހިންގަންޖެހޭކަމާއި، އެފަދަ ޒުވާނުން މުޖުތަމަޢު ބަލައިގަންނަ ޒިންމާދާރު ބަޔަކަށް ހެދުމަކީ މުހިންމު ކަމެއްކަން މި ސެޝަންގައި ފާހަގަކޮށްފައިވެއެވެ.