ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް

    1. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު:
    (އައި.ޑީ ކާޑުގައިވާ ގޮތަށް)
    2. މައްސަލަ ހިނގި ތާރީޚް ނުވަތަ ދުވަސްވަރު:*
    3. ޝަކުވާ ރައްދުވާ މުއައްސަސާ، މުއައްސަސާގެ އިސްވެރިޔާ/އިސްހިންގުންތެރިޔާގެ މަޢުލޫމާތު:
    (މިބައިގައި ލިޔުއްވާނީ ޙާދިސާ ހިނގިއިރު ޝަކުވާ ރައްދުވާ މުއައްސަސާގެ ނަން، މުއައްސަސާގެ އިސް ހިންގުންތެރިޔާ ނުވަތަ އިސް ހިންގުންތެރިންގެ ގޮޮތުގައި މަސައްކަތްކުރި ފަރާތް ނުވަތަ ފަރާތްތަކުގެ މަޢުލޫމާތެވެ.)
    # އިސް ހިންގުންތެރިޔާގެ ނަން
    / މުއައްސަސާގެ ނަން
    ގުޅޭނެ ފޯނު ނަންބަރެއް
    (އެނގޭނަމަ)
    މިހާރު ދިރިއުޅޭ އެޑްރެސް
    (އެނގޭނަމަ) (އަތޮޮޅާއި ރަށާއެކު)
    މިހާރު ވަޒީފާގައި އުޅޭނަމަ ވަޒީފާ އަދާކުރާ ތަނާއި، ހުރި މަޤާމް
    (އަތޮޮޅާއި ރަށާއެކު)
    ޚާދިސާ ހިނގިއިރު ވަޒީފާ އަދާކުރި ތަނާއި، ހުރި މަޤާމް
    (އަތޮޮޅާއި ރަށާއެކު)
    4. މައްސަލައިގެ ބާވަތް
    (ގަވާއިދު ނަންބަރު 2021/R-53 (އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮފީހަށް އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކުގެ ތެރެއިން، ހުށަހަޅާ މައްސަލައިގެ ބާވަތާ ދިމާލުގައި ފާހަގަޖެހުމަށް)
    # ހުށަހަޅާ މައްސަލައިގެ ބާވަތް ފާހަގަ ޖެހުމަށް
    ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަމެއް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް
    ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަމެއް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް
    ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަމެއް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް
    5. ހުށަހަޅާ މައްސަލަ ރައްދުވާ ދައުލަތުގެ މުއައްސަސާ/މުއައްސަސާތަކުގެ މަޢުލޫމާތު:
    (މިބައިގައި ލިޔުއްވާނީ ޙާދިސާ ހިނގިއިރު ޝަކުވާ ރައްދުވާ މުއައްސަސާގެ ނަން، މުއައްސަސާގެ އިސް ހިންގުންތެރިޔާ ނުވަތަ އިސް ހިންގުންތެރިންގެ ގޮޮތުގައި މަސައްކަތްކުރި ފަރާތް ނުވަތަ ފަރާތްތަކުގެ މަޢުލޫމާތެވެ.)
    # މައްސަލަ ހިނގި މުއައްސަސާގެ ނަން ޑިޕާރޓްމަންޓް/ޔުނިޓް/އޮފީސް/މަރުކަޒު އަތޮޅު/ސިޓީ/ރަށް
    6. މައްސަލައިގެ ތަފްޞީލް:*
    (މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، މައްސަލައާއެކު ހުށަހަޅަން ބޭނުންވާ ކޮންމެ ނުކުތާއެއް ވަކިން ލިސްޓްކޮށްދެއްވުން)
    7. ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލް:
    (ގެއްލުމުގެ ތަފްޞީލު އެނގޭނެ ލިޔެކިޔުންތަކުގެ ކޮޕީ ލިބިފައިވާނަމަ، އެތަކެތި ފޯމާއެކު ހުށަހެޅުއްވުން)
    8. ގެއްލުމުގެ ބަދަލަކަށް އެދޭނަމަ ފައިސާގެ ޖުމްލަ ޢަދަދާއި ހިސާބު ކުރެވިފައިވާ ގޮތުގެ ތަފްޞީލް:
    (ގެއްލުމުގެ ތަފްޞީލު އެނގޭނެ ލިޔެކިޔުންތަކުގެ ކޮޕީ ލިބިފައިވާނަމަ، އެތަކެތި ފޯމާއެކު ހުށަހެޅުއްވުން. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިގަތުމަށް އެދޭ ފަރުވާއެއްވާނަމަ އެކަމުގެ މަޢުލޫމާތު ހުށަހެޅުއްވުން.)
    9. ހުށަހަޅާ މައްސަލަ ސާބިތުކޮށްދެވޭނެ ހެކިން ތިބިނަމަ ހެކިންގެ މަޢުލޫމާތު:
    (ހެކިންގެ އިއުތިރާޒެއްނެތްނަމަ، މައްސަލަ ފޯމާއެކު އެފަރާތްތަކުގެ އައި.ޑީ ކާޑްގެ ކޮޕީއެއް ހިއްސާކޮށްދެއްވުން)
    # ނަން ދާއިމީ އެޑްރެސް
    (އަތޮޮޅާއި ރަށާއެކު)
    މިހާރު ދިރިއުޅޭ އެޑްރެސް
    (އަތޮޮޅާއި ރަށާއެކު)
    ގުޅޭނެ ނަންބަރު ސާބިތުކުރުމަށް ހުށަހަޅާ ނުކުތާ
    10. ހެކީގެ ގޮތުގައި ބެލެވޭ ތަކެތި، ލިޔުން، ފޮޓޯ، އޯޑިއޯ، ވީޑިއޯ ހުރި ތަނެއް އެނގޭނަމަ، އެތަނެއްގައި ހުރި ތަކެތި އަދި އެތަކެތި ހުރި ތަން:
    # ހެކި ހުރި ތަން
    (ތަނުގެ ނަމާއި، އަތޮޅާއި ރަށާއެކު)
    އެތަނެއްގައި ހުރި ތަކެތި
    11. ހުށަހަޅާ މައްސަލަ ކުރިން އެހެން އިދާރާއަކަށް ހުށަހަޅާފައިވާނަމަ ހުށަހެޅި އިދާރާ ނުވަތަ އިދާރާތައް:
    (މައްސަލަ ހުށަހެޅި އިދާރާއަކުން ޖަވާބެއް ލިބިފައިވާނަމަ ނުވަތަ އެ މައްސަލައާ ގުޅޭ ލިޔެކިޔުމެއް ލިބިފައިވާނަމަ، ފޯމާއެކު ހުށަހެޅުއްވުން)
    # މައްސަލަ ހުށަހެޅި އިދާރާގެ ނަން
    (އަތޮޅާއި ރަށާއެކު)
    މައްސަލަ ހުށަހެޅި ތާރީޚް ނުވަތަ ދުވަސްވަރު
    (މި މަޢުލޫމާތު ނޭނގޭނަމަ، އެކަން ފާހަގަކޮށްދެއްވުން)
    12. ހުށަހަޅާ މައްސަލައިގައި ކޯޓަކުން ޙުކުމެއް ކޮށްފައިވާނަމަ:
    (ފޯމާއިއެކު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅުއްވުން. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނެތްނަމަ ޤަޞިއްޔާ ނަންބަރު ނުވަތަ މައްސަލަ ކުރިއަށްދިޔަ ތާރީޚް ނުވަތަ ދުވަސްވަރު ހިމަނާދެއްވުން ނުވަތަ މައްސަލަ ހުށަހެޅި ލިޔުމުގެ ކޮޕީއެއް ހުށަހެޅުއްވުން)
    # މައްސަލައިގައި ޙުކުމްކޮށްފައިވާ ކޯޓުގެ ނަން
    (އަތޮޅާއި ރަށާއެކު)
    މައްސަލައިގެ ޤަޞިއްޔާ ނަންބަރު މައްސަލަ ހުށަހެޅި ތާރީޚް ނުވަތަ ދުވަސްވަރު
    (މި މަޢުލޫމާތު ނޭނގޭނަމަ، އެކަން ފާހަގަކޮށްދެއްވުން)
    13. ހުށަހަޅާ މައްސަލައިގައި ޓްރައިބިއުނަލްއަކުން ނިންމުމެއް ނިންމާފައިވާނަމަ:
    (ފޯމާއިއެކު މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ލިޔުމެއް ހުށަހަޅުއްވުން. މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނެތްނަމަ މައްސަލަ ނަންބަރު ނުވަތަ މައްސަލަ ކުރިއަށްދިޔަ ތާރީޚް ނުވަތަ ދުވަސްވަރު ހިމަނާދެއްވުން ނުވަތަ މައްސަލަ ހުށަހެޅި ލިޔުމުގެ ކޮޕީއެއް ހުށަހެޅުއްވުން)
    # މައްސަލަ ނިންމާފައިވާ ޓްރައިބިއުނަލްގެ ނަން މައްސަލައިގެ ޤަޞިއްޔާ ނަންބަރު މައްސަލަ ހުށަހެޅި ތާރީޚް ނުވަތަ ދުވަސްވަރު
    (މި މަޢުލޫމާތު ނޭނގޭނަމަ، އެކަން ފާހަގަކޮށްދެއްވުން)
    14. ފޯމާއެކު ހުށަހަޅާ އިތުރު ލިއުން/ވީޑިއޯ/އޯޑިއޯ/ފޮޓޯ ތަފްޞީލް:
    (ފޯމާއެކު މި ބައިގައި ހިމަނާ ތަކެތި ހުށަހެޅުއްވުން)
    15. މައްސަލަ ހުށަހަޅާ ފަރާތުން ހޯދުމަށް އެދޭ ބަދަލު ނުވަތަ ފަރުވާ:*
    (މައްސަލައިގެ ހައްލެއްގެ ގޮތުގައި އެދޭ ކަންކަން ހިމަނާދެއްވުން)
    16. މައްސަލަ ހުށަހަޅާ ފަރާތުގެ އިޤުރާރާއި ސޮއި:

    މިފޯމް ފުރުމުގައި އަހަރެން / މައްސަލަ ހުށަހަޅާ ފަރާތުން ދީފައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް އިޤުރާރުވަމެވެ. ދޮގު މައުލޫމާތު ދިނުމަކީ ކުށެއްކަމާއި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެއްޖެ ނަމަ، މި ފޯމު ބާތިލު ކުރުމާއެކު މިފޯމުގެ މައްޗަށް ބުރަވެ، ނިންމާފައިވާ ނިންމުންތައްވެސް ބާތިލު ކުރެވޭނެކަމާއި، ދޮގު މައުލޫމާތު ދިނުމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތަށް ފޮނުވުމުގެ އިޚްތިޔާރު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވާކަން އަހުރެން ޤަބޫލުކުރަމެވެ.

    މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ސަމާލުކަމަށް:

    މިފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާ ފޯމާއި، މިފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމް ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. ވެބްސައިޓް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ މައްސަލަ ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަނުވާނަމަ، އެ ފޯމްތައް ބަލަނުގަނެވޭކަމާއި، މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ލިޔުމުން/އީމެއިލްއަކުން އަންގަންވާނެއެވެ.

    ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
    (މިބައިގައި ލިޔުއްވާނީ ޙާދިސާ ހިނގިއިރު ޝަކުވާ ރައްދުވާ މުއައްސަސާގެ ނަން، މުއައްސަސާގެ އިސް ހިންގުންތެރިޔާ ނުވަތަ އިސް ހިންގުންތެރިންގެ ގޮޮތުގައި މަސައްކަތްކުރި ފަރާތް ނުވަތަ ފަރާތްތަކުގެ މަޢުލޫމާތެވެ.)
    1. މައްސަލަ ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ކޮޕީ*

    2. މައްސަލަ ހުށަހަޅަނީ ޤާނޫނީ ޝަޚްޞެއްނަމަ، ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ

    3. މައްސަލަ ހުށަހަޅަނީ ޤާނޫނީ ޝަޚްޞެއްނަމަ، މައްސަލަ ހުށަހަޅާ ކުރިއަށްގެންދިޔުމަށް ނިންމިކަން އެނގޭނެ ލިޔުމެއް

    4. މި ފޯމުގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބަދަލުގެ ތަފްޞީލާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ*
    5. މި ފޯމުގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ތަފްޞީލު އެނގޭނެ ލިޔެކިޔުންތަކުގެ ކޮޕީ*
    6. މި ފޯމުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެކިންގެ އައިޑީކާޑްގެ ކޮޕީ (ހެކިންގެ އިއުތިރާޒެއް ނެތްނަމަ)
    7. މި ފޯމުގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން ކުރިން މި މައްސަލަ ހުށަހަޅާފައިވާ އިދާރާއަކުން ޖަވާބެއް ދީފައިވާނަމަ، އެ ޖަވާބުގެ ކޮޕީ

    8. މި ފޯމުގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން މި މައްސަލައިގައި ކޯޓަކުން ޙުކުމެއް ކޮށްފައިވާނަމަ، އެ މައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ކޮޕީ

    9. މި ފޯމުގެ 13 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން މި މައްސަލައިގައި ޓްރައިބިއުނަލްއަކުން ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުމުގެ ކޮޕީ

    10. މި ފޯމުގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިތުރު ލިޔުން/ވީޑިއޯ/އޯޑިއޯ/ފޮޓޯ ފަދަ ތަކެތި*
    މުހިންމު މަޢުލޫމާތު

    1. މިފޯމުގައި އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ ތަންތަނުގައި އެ ނަންބަރެއްގައި ދޭންޖެހޭ މަޢުލޫމާތު ލިޔާނެ ޖާގަނެތްނަމަ، އެ ނަންބަރު ފާހަގަކުރުމަށްފަހު މި ފޯމާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކުން ހުށަހެޅިދާނެއެވެ.

    2. މި ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ އިތުރުން އެއްވެސް މަޢުލޫމާތެއް ހިއްސާކުރަންވަން ބޭނުންވާނަމަ، ފޯމާއެކު ހުށަހަޅާ އިތުރު ލިޔުމެއްގެ ގޮތުގައި އެ މަޢުލޫމާތު ހުށަހެޅިދާނެއެވެ.

    3. އަތުންލިޔެ ފޯމު ފުރަންވާނީ، ލިޔެފައި ހުންނަ އެއްޗެއް ސާފުކޮށް ކިޔަން އެނގޭނޭގޮތަށް ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ގަލަމަކުންނެވެ.

    4. މިފޯމާ އެއްގޮތަށް އަމިއްލައަށް ފޯމެއް ތައްޔާރުކޮށް ފުރަންވާނީ [ފަރުމާ ފޮންޓް" ގައި، ސައިޒް 12 އިންނެވެ.

    5. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7337486 އަށެވެ. ނުވަތަ complaints@otj.gov.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ.

    6. މިފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުން ނުވަތަ މަތީގައި ދެންނެވިފައިވާ ނަންބަރަށް ގުޅުއްވުމުން ފޯމް ފުރުމުގައި އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

    7. މިފޯމުގެ ފީ.ޑީ.އެފް ކޮޕީއާއި މައިކްރްސޮފްޓް ވޯރޑް ކޮޕީ އާއި އިތުރު މަޢުލޫމާތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.