1. މިފޯމުގައި އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ ތަންތަނުގައި އެ ނަންބަރެއްގައި ދޭންޖެހޭ މަޢުލޫމާތު ލިޔާނެ ޖާގަނެތްނަމަ، އެ ނަންބަރު ފާހަގަކުރުމަށްފަހު މި ފޯމާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކުން ހުށަހެޅިދާނެއެވެ.
2. މި ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ އިތުރުން އެއްވެސް މަޢުލޫމާތެއް ހިއްސާކުރަންވަން ބޭނުންވާނަމަ، ފޯމާއެކު ހުށަހަޅާ އިތުރު ލިޔުމެއްގެ ގޮތުގައި އެ މަޢުލޫމާތު ހުށަހެޅިދާނެއެވެ.
3. އަތުންލިޔެ ފޯމު ފުރަންވާނީ، ލިޔެފައި ހުންނަ އެއްޗެއް ސާފުކޮށް ކިޔަން އެނގޭނޭގޮތަށް ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ގަލަމަކުންނެވެ.
4. މިފޯމާ އެއްގޮތަށް އަމިއްލައަށް ފޯމެއް ތައްޔާރުކޮށް ފުރަންވާނީ [ފަރުމާ ފޮންޓް" ގައި، ސައިޒް 12 އިންނެވެ.
5. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7337486 އަށެވެ. ނުވަތަ complaints@otj.gov.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ.
6. މިފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުން ނުވަތަ މަތީގައި ދެންނެވިފައިވާ ނަންބަރަށް ގުޅުއްވުމުން ފޯމް ފުރުމުގައި އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
7. މިފޯމުގެ ފީ.ޑީ.އެފް ކޮޕީއާއި މައިކްރްސޮފްޓް ވޯރޑް ކޮޕީ އާއި އިތުރު މަޢުލޫމާތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.