އަލްފާޟިލާ އާރިޒާ ރަޝީދު

ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލާ އާރިޒާ ރަޝީދަކީ ދައުލަތުގެ އެކި އިދާރާތަކުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފަރާތެކެވެ. އާރިޒާ ވަނީ މެނޭޖީރިއަލް ލެވެލް ގިނަ މަޤާމްތަކެއް ފުރުއްވާފައެވެ. އިދާރީ ހިންގުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އާރިޒާ ވަކިން ޚާއްސައެވެ. އާރިޒާ ވަނީ އޮސްޓްރޭލިއާގެ ވިކްޓޮރިއާ ޔުނިވަރސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލް ކުރައްވާފައެވެ. މީގެއިތުރުން އާރިޒާ ވަނީ މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަރސިޓީން ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ޙާސިލްކުރައްވާފައެވެ.

އާރިޒާއަކީ ނޮން ޕްރޮފިޓް މޭކިންގ އޯގަނައިޒޭޝަން-“ބެނެފިޓް”ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމް އަދާކުރަމުންގެންދާ އަދި “ވިމެން އިން ޓެކްނޮލޮޖީ”ގެ މެމްބަރެކެވެ. އާރިޒާ އެންމެ ފަހުން އަދާކޮށްފައިވަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އައިޓީ އެގްޒެކްޓިވްގެ މަޤާމެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑްގެ، މެނޭޖަރ، އެކައުންޓްސްގެ މަޤާމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ކޮމްޕެނީ ސެކްޓްރީގެ މަޤާމްގެ އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ އޮފީސްތައް އެއް ވިއުގާއަކުން ގުޅާލުމަށްޓަކައި ޤާއިމްކޮށްފައިވާ ގަވަރމެން އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) ކުރިއަރުވާ، އެޚިދުމަތް ފުޅާކުރުމުގައި އާރިޒާ ދައުރު ފާހަގަކޮށްލެވެއެވެ. އަދި ދައުލަތުން ޤާއިމްކޮށްފައިވާ އީ-އެޑްމިން ސިސްޓަމްގެ ޕްރޮޖެކްޓާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ހިންގި އައިލެންޑް.އެމްވީ ޕްރޮޖެކްޓްގެ އިތުރުން ވިހާ މީހުންނާ މަރުވާ މީހުންގެ ދަފްތަރު ބެލެހެއްޓުމަށް “ގެމެން” ސިސްޓަމް ޤާޢިމްކުރުމުގެ ޕްރޮޖެކްޓްގައި އާރިޒާ ވަނީ ޢަމަލީގޮތުން ޙަރަކާތްތެރިވެފައެވެ. ހަމައެހެންމެ، ސާކް ޑިވެލޮމްޕެންޓް ފަންޑް ޕްރޮޖެކްޓް ހިންގުމުގައި އާރިޒާ ވަނީ އިސް ހިންގުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

އާރިޒާ ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައި މާލީ ހިންގުމުގެ އެންމެހާ ކަންކަން ބަލަހައްޓާދެއްވާފައެވެ. އަދި ބިޑް އިވެލުއޭޝަން ކޮމެޓީގެ ޗެއަރޕަރސަންއެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވާ، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޮމެޓީގެ މެމްބަރެއްގެ މަޤާމުވެސް އާރިޒާވަނީ އަދާކުރައްވާފައެވެ.