އަލްފާޟިލް އަޙްމަދު ޔާމީން

ޑިރެކްޓަރ ޖެނެރަލް

އަލްފާޟިލް އަޙްމަދު ޔާމީނަކީ އިދާރީ ހިންގުމުގެ ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ ފަރާތަކެވެ. ޔާމީން އެންމެ ފަހުން އަދާކުރައްވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމެވެ. އަދި މެލޭޝިއާގެ ލިންކޮން ޔުނިވަރސިޓީން މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވަނީ ހާސިލްކުރައްވާފައެވެ. އަލްފާޟިލް އަޙްމަދު ޔާމީނަކީ 2016 ވަނަ އަހަރުން ފެށިގެން ސަރޓިފައިޓް އިންޓެގްރިޓީ އޮފިސަރ އެކެވެ.
މީގެ އިތުރުން، ޔާމީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެތިކްސް އެންޑް ސްޓެންޑަރޑް ކޮމިޓީގެ ޗެއަރ ކަމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ މެމްބަރުކަމާއި، ބިޑް ކޮމިޓީ އާއި ސްޓްރެޓެޖިކް ޕްލޭން 2020-2023 ޓެކްނިކަލް ކޮމިޓީގައިއާއި ނޭޝަނަލް އެންޓި ކޮރަޕްޝަން ކޮންފަރެންސްގެ ސްޓިއަރިންގ ކޮމިޓީގައާއި ރެގިއުލޭޝަން ރިވިއު ކޮމިޓީގައި މަސައްކަތްކުރައްވާފައެވެ.
އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ. އަދި 2017-2018 އަށް އެންޓި ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބްގެ ރައީސްކަމާއި ގައްދޫ ޔޫތު ސޮސައިޓީގެ ނައިބު ރައީސްކަން ވަނީ ކުރައްވާފައެވެ. އަޙްމަދު ޔާމީންއަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގައި ޕްރޮކިއަރމަންޓް އެންޑް ޕަބްލިކް ފައިނޭންސް އިން ތަމްރީން ދެއްވާ ފަރާތެކެވެ.