އަލްފާޟިލް ޔާމީން އިދްރީސް
ޑިރެކްޓަރ (ސަޕޯޓް ސަރވިސަސް)
އަލްފާޟިލް ޔާމީން އިދްރީސް އަކީ އެކި އެކި އިދާރާތަކުގެ އިސް މަޤާމްތަކުގައި 10 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރައްވާފައިވާ ފަރާތެކެވެ. ޔާމީން ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ.
އަލްފާޟިލް ޔާމީން އިދްރީސް އެންމެ ފަހުން އަދާކުރައްވާފައިވަނީ ޖުޒްރާ މާލްދީފް ޓްރެވެލް ގްރޫޕްގެ އޮޕަރޭޝަންސް މެނޭޖަރގެ މަޤާމެވެ. މީގެ އިތުރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޑިރެކްޓަރގެ މަޤާމާއި ބެންކް އޮފް މޯލްޑިވްސްގެ އެކައުންޓްސް އެގްޒެކެޓިވްގެ އިތުރުން އެސިސްޓެންޓް ކަމް ކެޝިއަރގެ މަޤާމް އަދާކުރައްވާފައެވެ. އަދި ޔާމީން ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ އާއި ވިލާ ކޮލެޖުގެ ވިޒިޓިންގ ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.