އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފް

ޗީފް އޮމްބަޑްސްޕަރސަން

ޗީފް އޮމްބަޑްސްޕަރސަން އަލްއުސްތާޛު ޢަބްދުއްސަލާމް އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު 2010 އިން 2015އަށް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން ޑިގްރީ އިން ލޯ އަދި މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛު ޢަބްދުއްސަލާމް އާރިފް ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން ކޯޓްތަކުގައި ވަކާލާތު ކުރައްވަމުންނެވެ.

އަލްއުސްތާޛާ ޖިހާދާ އަނީސް

އޮމްބަޑްސްޕަރސަން

އޮމްބަޑްސްޕަރސަން އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗެލަރ އޮފް ލޯ އަދި މޯލްޓާގެ އައި.އެމް.އޯ. އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ހާސިލުކުރައްވާފައެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމްތައް ފުރުއްވާފައެވެ.

އަލްފާޟިލާ މަރްޔަމް ލައިޒާ

އޮމްބަޑްސްޕަރސަން

އޮމްބަޑްސްޕަރސަން އަލްފާޟިލާ މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ. އަލްފާޟިލާ މަރިޔަމް ލައިޒާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރގެ މަޤާމެވެ