
އަލްއުސްތާޛާ ޖިހާދާ އަނީސް
އޮމްބަޑްސްޕަރސަން
އޮމްބަޑްސްޕަރސަން އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗެލަރ އޮފް ލޯ އަދި މޯލްޓާގެ އައި.އެމް.އޯ. އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ހާސިލުކުރައްވާފައެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމްތައް ފުރުއްވާފައެވެ. އެގޮތުން ޖިހާދާ ވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ އެޓަރނީގެ މަޤާމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރއެއްގެ މަޤާމާއި، ހަމަ އެ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމް އަދާކުރައްވާފައެވެ. މީގެ އިތުރުން، ޖިހާދާ ވަނީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ ނައިބު ރައީސާގެ މަޤާމް ފުރުއްވާފައެވެ.
ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ 17 ޖުލައި 2007 ގައި ލިބިވަޑައިގަތުމަށްފަހު، ޖިހާދާ ވަނީ ތަފާތު އެކިއެކި މައްސަލަތަކުގައި ކޯޓްތަކުގައި ދައުލަތް ތަމްސީލްކުރައްވައި ވަކާލާތުކުރައްވާފައެވެ. އަދި ޖިނާއީ ކުށްތަކުގެ ތަޙްޤީގު ފުރިހަމަ ކުރާނެ ގޮތްތަކާއި ތަޖްރިބާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި މަސައްކަތްކުރެއްވި އިރު ތަޙުޤީޤީ އިދާރާތަކާ ހިއްސާކުރައްވާފައިވެއެވެ. އަދި ތަފާތު އެކި އެކި ބައިނަލްއަޤުވާމީ ކޮންފަރެންސްތަކާއި ސެމިނަރތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ތަމްސީލްކުރައްވާފައިވެއެވެ.
މީގެ އިތުރުން، ޖިހާދާ ވަނީ 01 އޮކްޓޫބަރު 2017 ގައި “އަ ލީގަލް އެނަލިސިސް އޮފް ދަ މޯލްޑިވްސް ކްލެއިމް ފޯ އެން އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް” ގެ ނަމުގައި ޖަރުމަނުގައި ވަނީ ފޮތެއް ނެރުއްވާފައެވެ.