އަލްފާޟިލާ މަރްޔަމް ލައިޒާ

އޮމްބަޑްސްޕަރސަން

އޮމްބަޑްސްޕަރސަން އަލްފާޟިލާ މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ. އަލްފާޟިލާ މަރިޔަމް ލައިޒާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރގެ މަޤާމެވެ. މީގެ އިތުރުންވެސް ލައިޒާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި، އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރާއި، އެމެރިކަން ރެޑްކޮރްސް އާއި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި އަދި ކަލާފާނު ސްކޫލްގައި މަސައްކަތްކުރައްވާފައެވެ. އަދި މިއަންޒް އިންޓަރނޭޝަަނަލް ކޮލެޖާއި އިންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސްގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައިވެސް ލައިޒާ މަސައްކަތްކުރައްވާފައި ވެއެވެ.
އަލްފާޟިލާ މަރިޔަމް ލައިޒާ ވަނީ ތަޢުލީމީ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ނެޝަނަލް ކަރިކިއުލަމް ފްރޭމްވޯކް ތައްޔާރުކުރުމާއި، ކީ ސްޓޭޖް 01 އަދި 02 ގެ ސޯޝަލް ސްޓަޑީޒް ސިލަބަސް ތައްޔާރުކުރުމުގެ މަސައްކަތްކުރައްވާފައިވެއެވެ. އަދި އިންސާނީ ޙައްޤުތަކާއި ގުޅޭ ދާއިރާގައި އިންސާނީ ޙައްގުތަކުގެ ކްލަބް ސްކޫލްތަކުގައި އުފެއްދުމާއި އެކްލަބްގެ މެނުއަލް އަދި އަތްމަތީ ފޮތް ތައްޔާރުކުރެއްވުމުގެ މަސައްކަތާއި އިންސާނީ ޙައްޤުތަކާއި ގުޅޭ ތަމްރީންތަކާއި ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކާއި އިވެންޓްތައް ކުރިއަށްގެންދަވާފައިވެއެވެ.
މީގެ އިތުރުން، ލައިޒާ އަކީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރު.ސީ) ގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާ، 2015-2016 އަަށް އެމް.އާރު.ސީގެ ސައިކޯ ސޯޝަލް ސެންޓަރގެ ބޯޑް މެންބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ. އަދި ސްކައުޓް އެސޯސިއޭޝަންގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ލައިޒާ ވަނީ 2019-2011 އަށް ސްކައުޓް އެސޯސިއޭަޝަން އޮފް ދަ މޯލްޑިވްސްގައި ކޮމިޝަނަރ އޮފް ޕަބްލިކް ރިލޭޝަންސްގެ މަޤާމް އަދާކުރައްވާ އަދި ކައުންސިލް މެމްބަރ ކަންވެސް ކުރައްވާފައެވެ.