ތަޞައްވުރު/ވިޝަން

ދިވެހި ދައުލަތަކީ، އިންސާނީ ޙައްޤުތަކާއި، އަސާސީ މިނިވަންކަމާއި އަދުލުއިންސާފަށް އިޙްތިރާމްކުރާ ޤާނޫނީ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތަކަށްވުން

އަމާޒު/މިޝަން

ދިވެހި ދައުލަތުގެ މުއައްސަސާތަކަކީ އިންސާނީ ޙައްޤުތައްކާއި އަސާސީ މިނިވަންކަމަށް އިޙްތިރާމުކުރާ މުއައްސަސާތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ރާވާ ތަންފީޒުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން

ދިވެހި ދައުލަތުގެ މުއައްސަސާތަކުން ނިޒާމީ ސިފައެއްގައި ރޭވިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތައް ަތފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ތަޙްޤީޤުކޮށް އިންސާފު ޤާއިމުކުރުން

ދިވެހި ދައުލަތުގެ މުވައްޒަފުންނާ ިއ ދިވެހި ރައްޔިތުންނަކީ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމަށް އިޙުތިރާމްކުރާ މުވައްޒަފުންނަށް ހެދުމަށްޓަކައި ހޭލުންތެރިކުރުން

ބަދަލުދިނުމާއި ފަރުވާ ހޯދައިދިނު ާމއި ވިކްޓިމް ސަޕޯޓް ދިނުމަށްޓަކައި އެކަށޭނަ ރަނގަޅު ނިޒާމެއް ޤާއިމްކުރުން

މުއައްސަސާއަށް ޤާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި މުއައްސަސާގެ ހިންގުން ހަރުދަނާކުރުން

ސްޓްރެޓެޖިކް މަޤްޞަދުތައް

ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާނެ ވެއްޓެއް ޤާއިމުކޮށް، އޮފީހުން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ތެރޭގައި، ފުރިހަމައަށް ތަންފީޛުކުރުމަށް ބާރު އެޅުން

މައްސަލަ ހުށަހެޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އެކަށީގެންވާ އަވަސްމިނުގައި ރަނގަޅު ފެންވަރެއްގެ ތަޙްޤީޤެއް ހިންގައި ފުރިހަމަ ނަތީޖާއެއް ނެރުން

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މީޑިއާ އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ވެއްޓެއް ޤާއިމުކުރުން

އޮފީހުން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ތެރޭގައި، ފުރިހަމައަށް ތަންފީޛުކުރުމަށް ބާރުއެޅުން

އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނީ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން

ބަދަލު ދިނުމާއި ފަރުވާ ދިނުމާއި ވިކްޓިމް ސަޕޯޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް ފުރިހަމައަށް ތަންފީޒުކުރެވުން

ނަތީޖާ ޙާޞިލުކުރެވޭ ހުނަރުވެރި މުވައްޒަފުން ހިމެނޭ، ޒަމާނީ އާގޮތްތަކަށް އޮފީސް ހިންގުމުގެ ނިޒާމެއް ޤާއިމުކުރުން

އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަައް އެފަދައިން ހިންގާފައިވާ ސަބަބުތައް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުހިނގާނޭކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން